
Protesters attack Yoga Day event in Maldives
ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި އެވެ.
21 ޖޫން 2022 ވަނަ ދުވަހު ނޭޝަނަލް ސްޓޭޑިއަމް ގައި ހިނގި ހަމަ ނުޖެހުންތަކާއި ގުޅިގެން އިތުރު 2 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓް 2 އަދި 3 ވަނަ ދުވަހު, ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން އެކަކަށް ހަތް ދުވަސް އަދި އަނެއް މީހާއަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 23 މީހުން ހައްޔަރުކޮށްފައެވެ.












