
.jpg?w=3840&q=75)




.jpeg?w=3840&q=75)

1649653081_gotabaya
އަމިއްލަ ގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން ރާއްޖޭއަށް ވަޑައިގެން ދިވެހި ސަރުކާރުގެ ހިމާޔަތުގައި ހުންނެވުމަށްފަހު ހިމާޔަތް ހޯއްދެވުމަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ގޮޓާބަޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ދާދި ދެންމެ އަކު ވީއައިއޭއިން ފުރި ސައުދީ އެއާލައިންސްގެ ފްލައިޓެއްގައެވެ. މި ފްލައިޓް ފުރީ ރާއްޖެ ގަޑިން 11:38 ގައެވެ. މި ފްލައިޓް ޖައްސާނީ ސިންގަޕޯ ޗަންގީ އެއާޕޯޓަށެވެ. ފްލައިޓް ޖައްސާނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން މިރޭ 19:14 ހާއިރު އެވެ.
ގާފު ނޫހަށް މައުލޫމާތު ލިބޭގޮތުގައި ސިންގަޕޫރަށް ވަޑައިގަތުމަށް ގޮޓާބަޔާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ ސިއްރިއްޔާތުގައި ރާއްޖޭގެ ދިފާއީ ބާރުގެ ލޯންޗެއްގައެވެ. މިގޮތުން އޭނާ އެއާޕޯޓަށް ވަޑައިގެންނެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރުގައި އޮތް ފާލަމަކުން ކަމަށް އިތުބާރުހުރި މަސްދަރަކުން ވަނީ މައުލޫމާތު ދީފައެވެ.
ގޮޓާބަޔާ އެއާޕޯޓަށް ވަޑައިގެންނެވި އިރު އެއާޕޯޓުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ސިންގަޕޫރުން ގޮޓަބަޔާއަށް ހިމާޔާތް ދީފައިވާކަމަށް ބޭރުގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންފައިވަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. މިފަދަ ބޯޓުތައް ރާއްޖޭގެ އެއާޕޯޓްތަކަށް ޖެއްސޭނީ ޑިފެންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ ހާއްސަ ހުއްދަތަކާއެކުގައެވެ. ނަމަވެސް ގޮތަބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

.jpg?w=3840&q=75)


