
.jpg?w=3840&q=75)




.jpeg?w=3840&q=75)

FbtS9OEaMAY5igm
ރާއްޖެއިން ސްރީލަންކާއަށް އަލަށް ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރ، ލެފްޓިނެންޓް ކާނަލް ޙަސަން އާމިރު، ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ، ޖެނެރަލް ކަމާލް ގަނަރަޓްނެގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އާ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް ޙަސަން އާމިރު ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސްރީލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ މަރުޙަބާ ދަންނަވާފައެވެ. ޑިފެންސް އެޑްވައިޒަރުގެ މި ޒިޔާރާތުގައި އެ މަޤާމުގައި ކުރިން ހުންނެވި ކާނަލް އިސްމާޢީލް ނަޞީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކާނަލް އިސްމާޢީލް ނަޞީރު ހުންނަވައިގެން ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ކާނަލް އިސްމާޢީލް ނަޞީރަށް ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާވެގެން ދާނެކަމުގައި ހާމަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ޑިފެންސް މިނިސްޓްރީގެ މިލިޓަރީ ލިއޭޒަން އޮފިސަރ މޭޖަރ ޖެނެރަލް ދިނޭޝް ނަނަޔައްކަރަ ބައިވެރިވެ ވަޑައިގެންނެވިއެވެ.

.jpg?w=3840&q=75)


