








ހދ. ކުރިނބީ ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ކުރިނބީ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 7 އިން 10 ގެ ދަރިވަރުންނަށެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، އިމްތިހާނުތަކަށް ތައްޔާރުވާނެ ގޮތްތަކުގެ އިތުރުން ދަރިވަރުންގެ ގާބިލުކަން ތަރައްގީކުރުމާ ގުޅޭގޮތުން ވެސް އަގުހުރި މައުލޫމާތުތަކެއް ވަނީ ދީފައެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން، ސުކޫލު ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށްވެ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ދަސްވެގެންދާނެއެވެ.




