



%20(5).jpg?w=3840&q=75)

.jpeg?w=3840&q=75)


223170-53f4c1e0-3-1536x1024
މިއަހަރު ފަހުކޮޅުގައި ބޭއްވުމަށް ނިންމާފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ގަތަރުގައި ބޭއްވުމަށް ނިންމާފައިވާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމުގެ ދައުވަތު ރައީސަށް ދެއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
މީގެ އިތުރުން އުރީދޫގެ ސީއީއޯ ވަނީ އެ ކުންފުނިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ވޯލްޑް ކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅަ ވެސް ރައީސަށް އަރުވާފައެވެ.




%20(5).jpg?w=3840&q=75)



