



%20(5).jpg?w=3840&q=75)

.jpeg?w=3840&q=75)


ގޯލްމާލް 5 ގެ ޕޯސްޓަރ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ރޯހިތު ޝެޓީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސްވަނަ ބައި، "ގޯލްމާލް 5" ގެ ތަރިންނާއި ފިލްމު ރިލީޒްކުރާ ތާރީހު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވަރަށް ޝައުގުވެރި މޯޝަން ޕޯސްޓަރަކާއެކު ރޮހިތު ވަނީ ފިލްމު މި އަންނަ އަހަރުގެ ޖެނުއަރީ 8 ވަނަދުވަހު ރިލީޒްކުރާނެކަން ފޭނުންނާ ހިއްސާ ކޮށްފައިއެވެ. މިއާއި އެކު ފޭނުންގެ ފަރާތުން މި ޕޯސްޓަރަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ގޯލްމާލް ސީރީޒްގެ ފިލްމުތަކަކީ އަބަދުވެސް ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާ، ބެލުންތެރިން ހެއްވާލާ ފިލްމުތަކެކެވެ.
ރޯހިތު ޝެޓީގެ މި އިއުލާނާއެކު، އަޖޭ ދޭވްގަން އާއި ފިލްމުގެ އެހެން މުހިންމު ތަރިން އެކުގައި އަނެއްކާވެސް ބޮޑު ސްކްރީނުން ފެނިގެންދާނެކަން ޔަގީންވުމަކީ ފިލްމަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. އައު ޕޯސްޓަރާއެކު ފިލްމު ނެރޭނެ ދުވަސް އެނގިގެންދިއުމުން ފިލްމަށް އޮތް ޝައުގުވެރިކަން މިވަނީ އިތުރުވެގެން ގޮސްފައެވެ.




%20(5).jpg?w=3840&q=75)