
.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpeg?w=3840&q=75)
ދިޕިކާ އާއި ރަންވީރް އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ އާއި އެކު
ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑު ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް އަށް ދެވަނަ އަންހެން ކުއްޖަކު ލިބިއްޖެއެވެ.
މި އުފާވެރި ޚަބަރު އާންމުވެފައިވަނީ މިއަދު ދިޕިކާ އާއި ރަންވީރު އެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓަކުންނެެވެ. މިއާއެކު ދީޕިކާ އަދި ރަންވީރުގެ އާއިލާއަށް އިތުރު ފުރިހަމަކަމެއް ލިބި، ސޯޝަލް މީޑިއާގައި ފޭނުންނާއި ބޮލީވުޑްގެ އެހެނިހެން ތަރިން ދަނީ މި ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.

މިއީ މި ދެ ތަރިންނަށް ލިބުނު ދެވަނަ ދަރިފުޅުކަމަށްވާއިރު، މީގެ ކުރިން ވެސް މި ދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.
އައު ދަރިފުޅު އުފަންވި ޚަބަރާއެކު ދެމަފިރިންގެ އާއިލާއިންނާއި ގާތް އެކުވެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ބޮލީވުޑްގެ ގިނަ ތަރިންނާއި ދީޕިކާ އަދި ރަންވީރުގެ ސަޕޯޓަރުން މިހާރު އިންތިޒާރުކުރަމުން ދަނީ ދަރިފުޅުގެ ނަމާއި ފޮޓޯއެއް އާންމުކުރާނެ ދުވަހަކަށެވެ.
މި ވަގުތު ދީޕިކާ އާއި ތުއްތު ދަރިފުޅުގެ ސިއްހަތުވެސް ވަރަށް ރަނގަޅުކަމަށް ރިޕޯޓުތައް ބުނެއެވެ.