
.jpeg?w=3840&q=75)







big_qoUskc5vvSNIOWZMstWOaWAom (1)
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިގު މުއްދަތުގައި ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށް ވިދާޅުވެ ހަމީދުއަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އިންޒާރުދެއްވައިފި އެވެ.
ވިލިމާލޭގައި އޮތް ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް ސޯލިހް ނެރެފައިވާ ގަރާރަށާއި އެޤަރާރާއި އެއްގޮތަށް ފުލުހުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ރައީސްގެ ޤަރާރާއި ގުޅޭގޮތުން ޔާމީން ވިދާޅުވީ އެ ގޮތަށް ގަރާރު ނެރުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާ ކަމަށާއި ރައީސްގެ ގަރާރުތަކަށް ގާނޫނީ ބާރު ލިބެނީ މަޖިލީހުން ފާސްކޮށްގެން ކަމަށާ އެކަން ނުކުރައްވާ މިހާރު އަމަލު ކުރަމުންދާ ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށާ ނަމަވެސް ރައީސްގެ ގަރާރު މަޖިލީހުން ފާސްކޮށްފިނަމަ އެ ގަރާރުގައިވާ ކަންކަމަށް ބޯލަބަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކަ ދެއްކި ޕާޓީން ވެރިކަމަށް އައިސް މިހާރު އެމިނިވަންކަމެއް ނެތް ކަމަށާއި ފުލުހުން ވެސް މިއަދު ހިންގަމުންދަނީ ކަނޑައެޅިގެން ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށެވެ. އެގޮތުން ސަރުކާރަށް ކަންކަން އަޑު އިއްވަން އިދިކޮޅު ފަރާތްތައް ނިކުތުމުން ހައްޔަރު ނުކުރެވޭނެ ކަމަށާއި އަދި މުޒާހަރާތައް ވެސް ހުއްޓުވިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިގޮތުން އެމަނިކުފާނު ވަނީ ޖެނެރަލް ޝަމާލް އަށާއި ކޮމިޝަނަރު ހަމީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެ ދެ ބޭފުޅުން ކުރައްވަނީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަަމަށް ވިދާޅުވެ އެކަންކަމަށްވެސް އިންސާފު ގާއިމު ކުރެވޭނެ ކަަމަށް ވިދާޅުވެފައެވެ.
"ހާލަތު ބަދަލުވާނެ. މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ. ތި ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށްދާން. ނޫނީއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ސިފައިންގެ ޗީފް ޝަމާލްއަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. ޝަމާލް އަކީ ޔާމީންއާއި އާއިލީ ގުޅުމެއް އޮތް ބޭފުޅެއް ނަމަވެސް ފިޔަވަޅު އަޅުއްވަން ފަހަތަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

.jpeg?w=3840&q=75)


