
fuvahmulah 1
ފުވައްމުލަށް ސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަަަށް އެމްޓީސީސީން ހާމަކޮށްފި އެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާ އިރު، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވެސް މިހާރު ކުރެވެމުން އަންނަކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.














