







l_2019_10_10_023716_qrx57hwcz1el2vtajpoy6bsug34m89ndkfi_EN_
އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ޤާނޫނީ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު ޢާންމުންނަށް އޮޅުންފިލުވައިދިނުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ޢާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަޤްޞަދަކީ ޤާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންޞާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުމެވެ.
މި ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކަމަށް އެ އޮފީހުން ބުނެއެވެ. މިގޮތުން، ޓްވިޓަރ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި މި ކެމްޕޭނު ކުރިއަށް ގެންދާނެއެވެ.



