

.jpg?w=3840&q=75)





188368_3_9ca4a329b5c05f194fabc02084951abf8c3b049d_medium
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް އެމިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީއިން މިއަދު ބުނީ ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 878،646.00 (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހައެއް) ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެމިނިސްޓްރީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 19523 (ނަވާރަ ހާސް ފައްސަތޭކަ ތޭވީސް) މީހުން މިހާތަނަށް ވަނީ ޒަކާތް ދައްކާފައެވެ.
މިގޮތުން މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 (ހަތަރުހާސް ނުވަސަތޭކަ ފަންސާސް ހައެއް) މީހުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކީ 14567 (ސާދަ ހާސް ފައްސަތޭކަ ފަސްދޮޅަސް ހަތެއް) މީހުންނެވެ.
1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ޒަކާތުގެ ގޮތުގައި 899،031.00 ( އަށްލައްކަ ނުވަދިހަ ނުވަހާސް ތިރީސް އެއް ރުފިޔާ) ލިބިފައިވާއިރު 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހުގެ ލިބިފައިވާކަމަށް 1،942،201.00 (އެއްމިލިޔަން ނުވަސަތޭކަ ސާޅީސް ދެހާސް ދުއިސައްތަ އެކެއް) އެމިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1އާއި ހަމައަށެވެ. ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.
ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.


.jpg?w=3840&q=75)

