

.jpg?w=3840&q=75)





b_LWogVfGCFXCeCwGxWfYMSWNyC
މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ފައިސާ މޮބައިލް އަދި ފަހިޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި، އުމުރުން ދުވަސްވެފައިވާ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ހާއްސަކޮށް އޭޕްރިލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އާއި ހަމައަށެވެ.
މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށް ވަނީ މިދިޔަ މަހު ބަދަލު ގެނެސްފައެވެ. އެގޮތުން، މިހާރު މުދަލު ޒަކާތުގެ ނިޞާބަކީ -/7241.15ރ. އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު -/362.95ރ. އަށްވުރެ ބޮޑު އަދަދެކެވެ.


.jpg?w=3840&q=75)

