




.jpeg?w=3840&q=75)



l_163179266963GvYr
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް މުހައްމަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމްޑީ ކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަފީގު މަގާމުން ވަކިކޮށް، އެ އެކުންފުނީގެ ބޯޑު މެންބަރު ކަމަށް އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް އައްޔަންކޮށްފައިވާ ކަމަށެވެ.
އާދަމް މީގެކުރިން ހުންނެވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އެމްޑީގެ މަގާމުގަ އެވެ. އޭނާ އެމަގާމުން ވަކިކުރެއްވިކަން ޕްރައިވެޓައިޒޭޝަން ބޯޑުން އިއުލާނުކުރީވެސް މިއަދު އެވެ.
ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ސްޓެލްކޯގެ އެމްޑީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަންކޮށްފަ އެވެ.








