








ދާނިޝް މުހައްމަދު އަމީން- ފޮޓޯ: އެސްޓީއޯ
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން އިން ބުނީ މއ. މާމެންދޫގޭދެކުނުގެ، ދާނިޝް މުހައްމަދު އަމީން އެސްޓީއޯގެ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާތީ، އެކަން ބަލައިގަނެ މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ދާނިޝް މި މަގާމަށް 2023 ވަނަ އަހަރުގެ ޑިސެންބަރު 17 ގައި އައްޔަންކޮށްފައިވާއިރު، އޭނާ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުރިއިރު ކޮށްދެއްވި ހިދުމަތްތައް ފާހަގަކޮށް، އެ ކުންފުނިން އޭނާ އަށް ޝުކުރު އަދާކޮށްފައިވެ އެވެ. އަދި ދާނިޝްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.








