

.jpg?w=3840&q=75)

.jpeg?w=3840&q=75)


ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް 100އަށް ވުރެ ގިނަ އައުޓްލެޓްތަކުން އަގުހުރި ފައިދާތަކާއި ޑިސްކައުންޓްތަކާއެކު ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފިއެވެ.
މި ޕްރޮގްރާމް ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުން ބަހައްޓައިފައިވާ ދޮރުތަކުގެ ހަގީގަތް ވަނީ ހާމަކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ދޮރުތަކަކީ، އެލީޓްކްލަބް+ މެދުވެރިކޮށް ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ލިބިގެންދާނެ ފުރުސަތުތަކާއި ފައިދާތަކުގެ ރަމްޒެކެވެ.
މިކަމާ ގުޅޭގޮތުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވިގޮތުގައި ދިރާގު އެލީޓްކްލަބަކީ ކުރިން ވަކި ޝަރުތުތަކެއް ހަމަވާ ކަސްޓަމަރުންނަށް ހާއްސަ ދައުވަތަކާ އެކު ދެމުން އައި ހިދުމަތެކެވެ. އެހެންނަމަވެސް، މިއަދު މި ތައާރަފްކުރި އެލީޓްކްލަބް+ އާއެކު، ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް މި ހިދުމަތައް ދޮރު ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ.
މިރްޝާން ވިދާޅުވީ މަގުސަދަކީ މިއަދު މި ތައާރަފްކުރި އެލީޓްކްލަބް+ މެދުވެރިކޮށް، އަޅުގަނޑުމެންގެ ޕަރޓްނަރުންނާ ގުޅިގެން ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ދިރާގުގެ ކަސްޓަމަރަކަށް ވީތީ، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި އުފާވެރިކަން ލިބިގެންދިއުން ކަމަށެވެ.
ދިރާގުން މިއަދު ތައާރަފްކުރި އެލީޓްކްލަބް+ ލޯޔަލްޓީ ޕްރޮގްރާމާއެކު ކަސްޓަމަރުންގެ ދިރިއުޅުމުގެ އެކި ކަންކަމަށް އިތުރު ފުރިހަމަކަމާއި ފައިދާ ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ރީލޯޑްކުރުމުން، ބިލަށް ފައިސާދެއްކުމުން އަދި އެޑް-އޯން ފަދަ ހިދުމަތްތައް ނެންގެވުމުން ޕޮއިންޓް ލިބިގެންދާނެއެވެ. އަދި، މި ޕޮއިންޓް ސިސްޓަމްގެ މައްޗަށް ބިނާ ކޮށް ހަތަރު ޓިއަރއެއްގެ ދަށުން މެންބަރޝިޕް ކާޑު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ބްރޮންޒް، ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނެއެވެ. ޓިއަރ މަތި ވާ ވަރަކަށް އިތުރު ޑިސްކައުންޓްތަކާއި ފައިދާތައް ލިބިގެންދާނެއެވެ. އަދި ލިބިފައިވާ ޕޮއިންޓްތައް ރިޑީމްކޮށްގެން އިތުރު ޑޭޓާ، ބިލް ޑިސްކައުންޓް، ގިފްޓް ކާޑު އަދި އެލީޓްކްލަބް+ ޕަރޓްނަރުންގެ ފަރާތުން ރިވޯޑުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.
ދިރާގުގެ އެލީޓްކްލަބްގެ މެންބަރުންގެ ގޮތުގައި މި ވަގުތު ތިބި ކަސްޓަމަރުން އޮޓޮމެޓިކުން އެލީޓްކްލަބް+ އަށް އެންރޯލްވެގެންދާނެއެވެ. އަދި، އެހެން މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް، އެލީޓްކްލަބް+ ބެނާ މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މިއާއެކު ދިރާގު އެލީޓްކްލަބް+ގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމަށް މަރުހަބާކިޔުމުގެ ގޮތުން ދިރާގުގެ ފަރާތުން 100 ޕޮއިންޓް ލިބިގެންދާނެއެވެ.
އެލީޓްކްލަބް+ އާ ގުޅޭ އިތުރު މައުލޫމާތުތައް: https://www.dhiraagu.com.mv/personal/lifestyle/elite-club
ދިރާގުން ދަނީ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.


.jpg?w=3840&q=75)

.png?w=3840&q=75)
.png?w=3840&q=75)
