
.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)
2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު މާދަމާ ހުށަހަޅާގޮތަށް ހަމަޖައްސައިފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާ އިން އަދިހާމަކޮށްފައިނުވިޔަސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މާދަމާ 13:30 ގައި ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިޢުލާންކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު، ބަޖެޓާގުޅޭގޮތުން މީގެކުރިން ވިދާޅުވެފައިވަނީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ޚަރަދުތައް މެނޭޖުކުރުމަކީ އަމާޒު ކަމަށެވެ.
ބަޖެޓު ހުށަހެޅުމުން ރިކަރަންޓް ޚަރަދުތަކާއި، ކެޕިޓަލް ޚަރަދުތައް ބެހިފައިވާގޮތް ހާމަވާނެއެވެ. އަދި މަޝްރޫޢުތަކާއި، މުސާރައާއި ލޯނު ދެއްކުމުގެ ޚަރަދުތަކުގެ ތަފްސީލުވެސް ބަޖެޓުން އެނގޭނެއެވެ. ހަމައެހެންމެ ސަރުކާރުން އާމްދަނީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރާ މިންވަރު ބަޖެޓުގައި ހިމަނާފައިވާނެއެވެ.
ޤާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. ބަޖެޓު ފާސްކުރާނީ، މުޅި މަޖިލީހާއި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބާއްވާ މަޖިލީހުން ބަޖެޓަށް ގެންނަ އިސްލާހުތަކާއެކުގައެވެ.އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ. ބޭސްލައިން ބަޖެޓަކީ، އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށް ގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ.

.jpg?w=3840&q=75)

.jpeg?w=3840&q=75)