



.jpeg?w=3840&q=75)




ނަޝީދު
ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުމާއެކު، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހައެއް ފަހެއްގެ ހަމަލާއަށްފަހު ފަސް މަސްދުވަހު ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށްފަހު މަޖިލީހަށް މިއަދު ވަޑައިގެން ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓްގެ މަސައްކަތަށް ކުރަމުންދާއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރާއި މަޖިލީހުން އެޅި ހަރުދަނާ ފިޔަވަޅު ތަކާއެކު އިޤްތިޞާދު އަލުން އަރައި ގަންނަމުންދާ މިންވަރު އިތުރުވަމުން ދިއުންކަމަށެވެ.
އަދި ކޯވިޑާއިއެކު އޮތް ހުރަސްތަކުގެ ތެރެއިންވެސް ބޯޑަރު ހުޅުވާލައި، އަލުން ފަތުރުވެރިކަން ފެށިގެން ދިޔަކަމީ ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވުމަށް ލިބިގެންދިޔަ މަގުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 13:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.




.jpeg?w=3840&q=75)



