




.jpeg?w=3840&q=75)



އަޖޭ ދޭވްގަން. ސޮނީ ޓީވީން އޮގަސްޓް 31 ގައި ފަށާ 'ކްރައިމް ޕެޓްރޯލް' ގެ އައު ސީޒަން ހޯސްޓްކުރާނީ އޭނާ ކަމަށް ރިޕޯޓުތައް ބުނޭ
ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޒަން (ސޮނީ ޓީވީ) އިން ގެނެސްދޭ އެންމެ މަގުބޫލު އެއް ޝޯ ކަމަށްވާ 'ކްރައިމް ޕެޓްރޯލް' ގެ އައު ސީޒަނެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
'ކްރައިމް ޕެޓްރޯލް: ކްރައިމް ކާ ކަރަންޓް' ގެ ނަމުގައި ގެނެސްދޭ މި އައު ސީޒަން ހޯސްޓްކުރާނީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ އަޖޭ ދޭވްގަން އެވެ.
'ކްރައިމް ޕެޓްރޯލް' އަކީ އިންޑިއާގައި ހިނގާފައިވާ ހަގީގީ ކުށްތަކުގެ މައްޗަށް ބިނާކޮށް، އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ގެނެސްދޭ ވަރަށް ކާމިޔާބު ޝޯއެކެވެ.
މީގެ ކުރިންވެސް މި ޝޯގެ އެކި ސީޒަންތައް ތަފާތު ހޯސްޓުންނާއެކު ގެނެސްދީފައިވާއިރު، އަޖޭ ދޭވްގަން ފަދަ ބޮޑު ތަރިއަކު މި ޝޯ ހޯސްޓްކުރަން ހަމަޖެހުމަކީ ބެލުންތެރިންގެ ޝައުޤުވެރިކަން އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ. އޭނާގެ ސީރިއަސް އަދި ވަރުގަދަ ޕާސަނަލިޓީއަކީ މިފަދަ ކްރައިމް ޝޯއަކަށް ވަރަށް ގުޅޭނެ ސިފައެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި އައު ސީޒަން ސޮނީ ޓީވީން ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުއެވެ.
އައު ހޯސްޓާއެކު ޝޯއަށް އަންނާނެ ބަދަލުތައް ބަލާލުމަށް ސަޕޯޓަރުންނާއި ބެލުންތެރިން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.








