



.jpeg?w=3840&q=75)




އާމިރު ޚާން، ސިދާތު މަލްހޯތުރާ އަދި ޓައިގަރ ޝްރޮފް. މި ތިން ތަރިން އެކުގައި 'ރޭސް' ފްރެންޗައިޒްގެ އައު ފިލްމަކުން ފެންނާނެކަމަށް ރިޕޯޓުތައް ބުނޭ.
ބޮލީވުޑްގެ ކާމިޔާބު އެކްޝަން-ތްރިލަރ ފްރެންޗައިޒް 'ރޭސް' ގެ އައު ފިލްމެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަކަމަށާއި، މި ފިލްމުގެ ލީޑް ރޯލުތަކުން އާމިރު ޚާން، ސިދާތު މަލްހޯތުރާ އަދި ޓައިގަރ ޝްރޮފް ފެނިގެންދާނެކަމަށް ބޮލީވުޑް ގެ ހަބަރުތަކުން ރިޕޯޓުކޮށްފިއެވެ.
މިއީ މި ތިން ތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
'ރޭސް' ފިލްމުތަކަކީ އާންމުކޮށް ވަރުގަދަ އެކްޝަން މަންޒަރުތަކާއި، ސަސްޕެންސް އަދި ސްޓައިލިޝް ކެރެކްޓަރތަކެއް ހިމެނޭ ފިލްމުތަކެކެވެ.
އާމިރު ޚާން ފަދަ މޮޅު އެކްޓަރަކާއެކު، އެކްޝަން ރޯލުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓައިގަރ ޝްރޮފް އަދި ސިދާތު މަލްހޯތުރާ ފެނިގެންދިއުމަކީ މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމެކެވެ.
މީގެ ކުރިން މި ފްރެންޗައިޒްގެ ފިލްމުތަކުން ސައިފް އަލީ ޚާން އަދި ސަލްމާން ޚާން ފަދަ ތަރިން ވަނީ ފެނިގެންގޮސްފައެވެ.
މި ރިޕޯޓުތަކާއެކު ސޯޝަލް މީޑިއާގައި ބޮލީވުޑްގެ ސަޕޯޓަރުން އަންނަނީ މިކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. ނަމަވެސް މި ޕްރޮޖެކްޓާ ގުޅޭގޮތުން ފިލްމުގެ އުފެއްދުންތެރިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އާންމުން މިހާރު ތިބީ މި ފިލްމުގެ ރަސްމީ އިއުލާނަކަށް ކެތްމަދުވެފައެވެ.




.jpeg?w=3840&q=75)



