


.jpeg?w=3840&q=75)




.jpeg?w=3840&q=75)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް އަރައިފި އެވެ.
މިއީ މިއަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަ މަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު އަގަށް އައި ބަދަލާއެކު ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު މިވަނީ 1 ރުފިޔާއިން ބޮޑުވެފައެވެ.
މިފްކޯއިން ބުނީ، މިއަދުން ފެށިގެން އެކުންފުނީގެ ސެންޓަރުތަކާއި މަސްކިރާ ބޯޓުފަހަރުން މަސް ގަންނަމުންދާނީ ކިލޯއެއް 21ރުފިޔާގެ ރޭޓުން ކަމަށެވެ.
މިފްކޯއިން މަސް ގަންނަ އަގަށް ގެނައި މި ބަދަލާއެކު، އެ ކުންފުނީގެ މައިގަނޑު ފެސިލިޓީތައް ކަމަށްވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)، އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ފެލިވަރު ބަނދަރު، މާލޭ ބަނދަރު، ގދ. ތިނަދޫ، ލ. މާމެންދޫ، އަދި ރ. މަޑުއްވަރި ބަނދަރުންވެސް މަސް ގަންނާނީ ކިލޯއެއް 21.00 ރުފިޔާއަށެވެ.
މީގެ އިތުރުން ކުންފުނީގެ މަސްކިރާ ބޯޓުފަހަރު ކަމަށްވާ ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުންވެސް އަމަލުކުރާނީ މި އާ ރޭޓަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރަކަށްވެފައި، މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު ވަނީ އިތުރުވެފަ އެވެ.



.jpeg?w=3840&q=75)

.jpeg?w=3840&q=75)


