


.jpg?w=3840&q=75)





240850253_5951174228257081_1413263176982886830_n
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ގއ. އަތޮޅު ކައުންސިލުން އެގްރޯނެޓް ކޯޕަރޭޝަން އާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެގްރޯނެޓާއެކު ގއ. އަތޮޅުގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އެގޮތުން އެގްރޯނެޓް ގެ މަސައްކަތް ގއ. އަތޮޅުގައި ފުޅާކޮށް ދަނޑުވެރިކަން ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަމަށް ގއ. އަތޮޅުކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.



.jpg?w=3840&q=75)
