.jpg?w=3840&q=75)








ފިޓްނަސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ބޭސިކް ފިޓްނަސް އިންސްޓްރަކްޓަރުން ތަމުރީނު ކުރުމުގެ ކޯހެއް ލ. ގަމުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހައްދުންމަތީ ގަމު ކައުންސިލް އިދާރާއާ، ގަމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓސްއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯސް ކުރިއަށްދާނީ މިހިނގާ އޮކްޓޫބަރު މަހުގެ 15 އިން 22 އޮކުޓޫބަރުގެ ނިޔަލަށެވެ. ގަމުގައި ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 13 އޮކުޓޫބަރެވެ.
މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރު ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ވެވޭނެއެވެ.
.jpg?w=3840&q=75)



