.jpg?w=3840&q=75)








-
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޗެއަރގެ މަޤާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް އަދި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ސިނާން ޢައްޔަންކުރެއްވުމާ ގުޅިގެން، އެ ކުންފުނީގެ އައު ލީޑަރޝިޕްގެ ފުރަތަމަ ރަސްމީ ސްޓްރެޓީޖިކް ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، އެގްރޯނެޓްގެ ޗެއަރ މުޙައްމަދު އަނަސް އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސިނާން ވަނީ ކުންފުނީގެ ހިންގުމުގައި އެންމެ އިސްކަންދޭނެ ކަންކަމާއި، މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯނެޓްގެ ވިޔަފާރި އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އިންޓަގްރޭޝަން ރޯޑްމެޕް އަދި ވިޔަފާރި ފުޅާކުރުމުގެ މުހިންމު ލަނދުދަނޑިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އެގްރޯނެޓްގެ އައު ލީޑަރޝިޕްގެ މައިގަނޑު އަމާޒަކީ، ދެ ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އުފެއްދުންތެރިންނަށް އެކަށީގެންވާ އަގާއި އެންމެ މަތީ ފައިދާ ހޯދައިދިނުމެވެ.
އަދި ދެ ދާއިރާގެ މަސައްކަތްތައް ގުޅުވާލައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.
.jpg?w=3840&q=75)



