


.jpg?w=3840&q=75)





އައްޑު ސިޓީއާ 833 ކިލޯމީޓަރު ދުރުގައި އޮތް ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި)އަށް ބިންހެލުމެއް އައިސްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ.
އެއީ، އައްޑޫ ސިޓީއާ 833 ކިލޯ މީޓަރު ދުރު ކަމަށްވާއިރު، 5.0 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 19:59ގައި ކަމަށް މެޓުން މައުލޫމާތުދެއެވެ.
އެހެން ނަމަވެސް، މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މިއަހަރުގެ މެދުތެރޭ، ޖުލައި މަހުގެ އަށްވަނަ ދުވަހު ވެސް އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އައެވެ.
އެއީ ވެސް ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ.



.jpg?w=3840&q=75)
