





.jpeg?w=3840&q=75)


ފުލުހުންގެ މައި އޮފީސް
ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިންގެ އަދާހަމަ ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައިވާ ކަމަށެވެ.
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށާއި މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
މި ހާދިސާގެ އިތުރުން މިއަދު ވަނީ އިތުރު 2 ހާދިސާއެއްވެސް ހިނގާފައެވެ. އެގޮތުން ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން، އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާއިރު، އަމާން އުދަރެސް ޓަވަރުން ވެއްޓުނު މީހަކު ވެސް ވަނީ ނިޔާވެފައެވެ.
ފުލުހުން ބޔުނެފައިވަނީ މިހާދިސާތައް ވެސް އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.




