




.jpeg?w=3840&q=75)



-
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ކުރިއަށްގެންދިޔަ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާގެ ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.
އެމް.އޭ.ސީ.އެލް އިން ދައްކާލި މައިގަނޑު ދާއިރާތައް
ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަވީރުގައި، އެމް.އޭ.ސީ.އެލްގެ އިންޖިނިއަރުން ވަނީ އެބޭފުޅުންގެ ޢަމަލީ ތަޖުރިބާ ހިއްސާކޮށް، އެއަރޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދީފައެވެ.








