
ގދ. ވާދޫގައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް އަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭޓީއެމްއަށް ގެއްލުން ދީފައިވަނީ ކުނި ކަހާ ފިހިގަނޑެއް ބޭނުންކޮށްގެންނެވެ.
















