
ހޭންޑްބޯލް މޯލްޑިވްސް އޮފީސް އިމާރާތުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ ހެނދުނު 06:05 ހާއިރު ލިބުމާއެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 06:21 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރަތަށް އެކިވަރުގެ ގެއްލުން ލިބުނުނަމަވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ވެސް ބުނެއެވެ.












