







ހދ .ނޭކުރަންދޫ ކަނބަލުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
ހދ. ނޭކުރަންދޫގައި ނޮވެންބަރު 21ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީ އެ ތަކެތި ޢަމަލީ ގޮތުން ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައި ވެއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ މުދައްރިބުން ނަގައިދިން މި ސެޝަނުގައި، ނޭކުރަންދޫގެ 24 ކަނބަލުން ބައިވެރިވިއެވެ.
މި ސެޝަަނަކީ ހދ.ނޭކުރަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ނޮވެންބަރު 21ވަނަ ދުވަހު “އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުމުގެ ދުވަސް” ފާހަގަކުރުމުގެ ގޮތުން އެ ރަށުގެ އެކިއިދާރާތަކުން މަޢުލޫމާތު ދިނުމުގެ ސެޝަނުގައި، ފުލުހުންގެ އެދުމުގެ މަތިން ކަނބަލުންނަށް ކުރިޔަށްގެންދެވުނު ފަޔަރ އެވެއަރނަސް ސެޝަނެކެވެ.




