





ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ރ.ހުޅުދުއްފާރު އަދި ފ.މަގޫދޫގައި ހުޅުވައިފި އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ހުޅުވި ގޮފިތަކެކެވެ.
އަލަށް ހުޅުވި ގޮފިތަކާއިއެކު މި ސަރުކާރުން ބިނާކުރި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ އަދަދު 13 އަށް އަރަ އެވެ. އެއީ މީގެކުރިން ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ރ. ރަސްމާދޫ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ލ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީގައި ހުޅުވި ގޮފިތައް ހިމެނޭހެންނެވެ.ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަން އޮތް ޖީލުތަކަށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތައުލީމަށް ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.




