







މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެންޑުއެފް އިން ބުނީ މި ތަމްރީނުތައް ކުރިއަށް ގެންދާނީ 2026 ނޮވެންބަރު 22 އިން 23 އަށް މާލެ، ހުޅުމާލެ، ތިލަފުށި، ވިލިމާލެ އަދި ކްރޮސްރޯޑް މޯލްޑިވްސްގެ އެއްގަމާއި، ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
މިތަމްރީނުތައް ކުރިއަށްދާ ވަގުތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ވެހިކަލްތައް ސައިރަން އަދި ބީކަން އާއެކު ބާރު ސްޕީޑްގައި ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސިފައިން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ތަމްރީނުތައް މާލެ ސަރަހައްދާއި އަތޮޅުތަކުގައި ހިންގަމުންނެވެ.