







ހަވާއެރުވުން
ހުޅުމާލެ ފޭސް ދޭއްގެ އިރުމަތީ ފަރާތު ކަނޑުގެ ސަރަޙައްދުގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަމިއްލަ ފަރާތެއްގެ ޕްރައިވެޓް އިވެންޓަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިރޭ 19:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް ހަތް މިނެޓުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށް ވަނީ އެނގިފައެވެ.
މި ހަވާ އެރުވުމަކީ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން "ޑިޒްނީ ލޭންޑް" ތީމަށް ބާއްވާ ޚާއްޞަ ޕާޓީއަކާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މިފަދަ އަމިއްލަ އިވެންޓުތަކާއި އެކި މުނާސަބަތުތަކާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) މެދުވެރިކޮށް ވިޔަފާރި އުސޫލުން ހަވާ އަރުވައިދެމުން ގެންދެއެވެ.



