








ރާއްޖޭގެ 2 ސަރަހައްދަކަށް ވައި ނުސާފުވެ، ރެޑް އެލާޓް ނެރެފިއެވެ.
ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕް، އައިކުއެއަރއިން ދައްކާގޮތުގައި މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 159 ގައެވެ.
އެހެންނަމަވެސް މިއަދުގެ މެންދުރު 12:00 އިން ފެށިގެން ވައި ކޮންމެސް ވަރަކަށް މާލެއަށް ވައި ސާފުވާން ފަށާނެކަމަށް ދައްކާއިރު، ކުޅުދުއްފުށީ ސިޓީގައި ވައިގެ ކޮލިޓީ ހުރީ 165 ގައެވެ. އަދި ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 160 ގައި ހުރިއިރު، މިއީ ސިއްހަތަށް ނުރައްކާ މިންވަރުތަކެކެވެ.
އާއްމު ގޮތެއްގައި ވައިގެ ކޮލިޓީ ހުންނަންޖެހޭނެ މިންވަރަކީ 50 އަށް ވުރެ ދަށުގައެވެ. މިއީ އެންމެ ރަނގަޅު މިންވަރެވެ. އަދި 51 އާއި 100 އާ ދެމެދު ނަމަ އެއީ މޮޑަރޭޓް ލެވަލެވެ. އަދި 101 އާއި 150 އާ ދެމެދު އެއީ ވައިގެ ކޮލިޓީ ގޯސް ވުމެވެ. އަދި 151 އާއި 200 އާ ދެމެދު އެއީ ވަރަށް ބޮޑަށް ގޯސްވުން ނުވަތަ ”އަންހެލްތީ“ ލެވަލެވެ.




