
މި ހިނގާ ނޮވެމްބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށަށް ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސަބުން ދައްކާގޮތުގައި ނޮވެމްބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 103،778 ފަތުރުވެރިންނެވެ.
އެހެންނަމަވެސް މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ ހަމަ މި މުއްދަތާ އަޅާކިޔާއިރު 5.8 އިންސައްތަ މަދު އަދަދެއް ކަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ. އަދި މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަތުވެފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 342،376 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ 272،052 ފަތުރުވެރިންނެވެ.
މީގެއިތުރުން ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އަދި އިޓަލީއާއި އިންޑިއާ އިން ވެސް ވަނީ ފަތުރުވެރިން އައިސްފައެވެ.
ރާއްޖޭގައި މިވަގުތު 180 ރިސޯޓާއި 927 ގެސްޓްހައުސް، 17 ހޮޓަލާއި 164 ސަފާރީ އުޅަނދު ހިމެނޭ ގޮތަށް ޖުމްލަ 68،222 އެނދު ހިންގަމުންދެއެވެ.












