.jpg?w=3840&q=75)







އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ހަވާއަރުވާނެ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ހަރަކާތާ ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ހިއްސާކުރަމުން އެ ވުޒާރާ އިން ބުނީ އިޙުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކް ސަރަޙައްދުގައި ކަމަށެވެ.
މާފަންނު ޓްރެކް ސަރަޙައްދުގައި ކުރިއަށްގެންދާ މި ރަސްމިއްޔާތަށްފަހު ހަވާ އަރުވުން އޮންނާނީ މިރޭ 09:40 އާއި 10:30އާ ދެމެދު 3 މިނެޓުގެ ވަގުތޮކޮޅަކަމަށް ކަމަށް ވެސް ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އިފުތިތާޙުކޮށްދެއްވާ އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާކުރުމެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.އަދުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމާ ހަމައަށް އައިސްފައިއޮތްކަަމަށާއި، ނަމަވެސް ސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް ރައީސުލްޖުްމހޫރިއްޔާ ވަނީ ވިދާޅުވެފައެެވެ. އަދި ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
.jpg?w=3840&q=75)






