





.jpg?w=3840&q=75)

ސިއްހަތާ ބެހޭ ވަޒީރު ޤީލާ ޢަލީ
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމުގައި ހެލްތު މިނިސްޓްރީ އިން ހަނދާންކޮށްދީފިއެވެ.
އެ މިނިސްޓްރީން މިފަދައިން ހަނދާންކޮށްދީފައި މިވަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަސްކަމަށްވާތީ، ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި މިދުވަސް އަޅުގަނޑުމެންނަށް ހަނދާން އާކޮށްދެނީ ކޮންމެ ކުއްޖަކީވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި އުޅެބޮޑުވުމުގެ ހައްޤު ލިބިގެންވާ ކުއްޖެއްކަން ކަމުގައި ވަނީ ބުނެފައެވެ. އަދި ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވެސް ބުނފައި ވެއެވެ.
މީގެއިތުރުން އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަތުމަށްޓަކައި، އަނިޔާ ލިބެމުން އަންނަ ކުދިންގެ ކިބައިން ފެނިދާނެ ނިޝާންތަކަކީކޮބައިކަން ދެނެގަނެ އެކަންކަމަށް ސަމާލުވުމުގެ އިތުރުން ކުދިންނަށް ކުރާ އަނިޔާގެ ޢަމަލު ކަމާއި ބެހޭ އިދާރާތަކަށްރިޕޯރޓް ކުރުމަކީ ދިވެހި ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރުމުގެ ޤާނޫނުން (2019/19) ކޮންމެ ދިވެހިފަރުދަކަށްވެސް ލާޒިމު ކުރާ ކަމެއް ކަމުގައި ހަނދާންކޮށްދީފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ ބަޔާނުގައި މިފަދަ ކަންކަން ރިޕޯރޓްކުރުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ،އެ އުނދަގޫ ހާލަތުން އަރައިގަނެ، ވިލުންތެރި ބަޔަކަށް ހެދުމަށްޓަކައި ދަޢުލަތުގެ މުއައްސަސާތަކުން ކުރަމުން އަންނަމަސައްކަތުގައިވެސް މުޖުތަމަޢުގެ ދައުރެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަކުރުއެވެ.
އެހެންކަމުން މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެއަނިޔާއިން އެކުދިން ރައްކާތެރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އެމީހެއްގެ ބައިވެރިވުން އިތުރުކުރުން ކަމަށާއި ތިމާގެ ފަރާތުންކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި އެހެން މީހެއްގެ ފަރާތުންއެކުދިންނަށް ކުރިމަތިވެދާނެ އެފަދަ ކޮންމެ ކަމެއް ހުއްޓުވަން މަސައްކަތްކުރުމަށް ކަމަށާއި ކުޑަކުދިންނަށް އަމާން ރައްކާތެރިތަނަކަށް މި ލޮބުވެތި ވަޠަން ހެދޭނީ އޭރުން ކަމަށް ވެސް ވަނީ ބުނެފައެވެ.






