








މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ ވަޒީފާއިން ވަކިކޮށްފިއެވެ.
ޕެންޝަން އޮފީހުން ބުނީ، ޝިއުނާ ވަކިކުރީ އޮފީހުގެ މުވައްޒަފުން ތަބާވާން ޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން ކަމަށެވެ.
އެ އޮފީހުން ބުނީ މި ފިޔަވަޅު އެޅީ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ޖަވާބުދާރީވުމަށް ޝިއުނާއަށް ފުރުސަތު ދިނުމަށްފަހު ކަމަށެވެ.
އޭނާ މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަނުގައި ހުންނަވަނިކޮށްނެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހު ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ޝިއުނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސްކަމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ.
ޝިއުނާ އަކީ ވެރިކަން ހިންގުމާއި ނަޒާހަތްތެރިކަމުގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރާތެކެވެ.




