





.jpg?w=3840&q=75)

ޖަރުމަނާއި ސާބިއާ ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ދޭއްގައި ރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށް ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މި މުބާރާތުގައި ޖަރުމަނު އެންމެ ފަހުން ކުޅުނު މެޗުގައި ގްރީސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ސާބިއާ އިން އެންމެ ފަހުން ކުޅުނު މެޗުގައ ނެދަލޭންޑްސް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ ސާބިއާގެ ޑިފެންޑަރު ސަރްޖާން ބާބިކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ 11 މިނެޓް ފަހުން ފްލޮރިއަން ވިޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ޖަރުމަނުގެ ޒުވާން މިޑްފިލްޑަރު ބްރަޖާން ގުރުޑާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ނަމަވެސް އޭގެ ހަ މިނެޓް ފަހުން ސާބިއާގެ ޑިފެންޑަރު ބާބިކް ވަނީ ލަނޑެއް ކާމިޔާބު އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ސާބިއާގެ ޒުވާން މިޑްފިލްޑަރު ޑްރަގްޖެވިޗް ރާތްކާޑެއް ދައްކާފައިވަނިކޮށް މެޗުގެ 89 ވަނަ މިނެޓުގައި އެޓީމުގެ ޒިވްކޮވިޗްއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ޖަރުމަނަށް 08 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތި ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ސާބިއާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.








