





.jpg?w=3840&q=75)

މާލަން ގްރީސް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ..
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ދޭއްގައި ރޭ އަމިއްލަ ދަނޑުގައި ގްރީސް އާއި ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ނެދާލޭންޑްސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މި މުބާރާތުގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ސާބިއާ އަތުން މޮޅުވެފައިވާއިރު، ގްރީސް އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
އަމްސްޓަޑާންގެ ޔޯހާން ކްރައިފް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ނެދަލޭންޑްސް އިން ފަސް ލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނެދަލޭންޑްސްގެ މިޑްފިލްޑަރު ތިޖާނީ ރެއިންޑާސް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޑިފެންޑަރު ޖޫރިއެން ޓިމްބާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެޓީމުގެ ދެ ފޯވާޑުން ކަމަށްވާ މާލަން އަދި ސަމާވިލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ނެދަލޭންޑްސްއަށް 11 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ގްރީސް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ހޯދި 08 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.








