








ބޯކޮށް ވާރޭ ވެހި ކ. ގުރައިދޫގައި ފެން ބޮޑުވެއްޖެއެވެ.
ނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ގުރައިދޫގެ ރަށުތެރޭގައި ފެންބޮޑުވާން ދިމާވީ މިއަދު ހަވީރުން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައެއް ފިހާރަތަކަށް ފެންވަދެފައިވާކަމަށް ބުނެއެވެ.
އެހެން ނަމަވެސް އެއްވެސް ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައި ނުވާކަމަށާއި އެކަމަކު ގެތަކަށް ފެންވަންނަ ހިސާބަށް ފެންގަނޑު އުފުލިފައިވާކަަމަށް އެ އިދާރާ އިން ބުނެއެވެ. އަދި މިހާރު ވާރޭ ތުނިކޮށްފައިވާ ކަމަށާއި އެހެންކަމުން ކާނުތައް ސާފުކޮށް ފެންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން އޮތީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެ އެލާޓްގައި ބުނެފައިވާ ގޮތުން ބޯކޮށް ވާރޭވެހި ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.




