








މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައިވާ ގޮތުގައި މޫސުން އެންމެ ގޯސްވާނީ މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހެނދުނު 07:00 އިން 11:00 އާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ އެ އިދާރާއިން ލަފާކޮށްފައެވެ. އަދި ކަނޑުތަށް ގަދަވެ، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެއެވެ.
އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިހާރު ކުރަމުން މި ދާ ވިއްސާރަ އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ފަހުންނެވެ.




