








ފުލުހުންގެ މައި އިދާރާ
ކުރިންެ އެންގުމަކާ ނުލާ އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެ އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް ފުލުހުން އިލްތިމާސްކޮށްފި އެވެ .
ފުލުހުން މިހެން ބުނީ މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގަ އެވެ.
ފުލުހުް ބުނީ އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާ ކޮށްފައެއް ނުވާ ކަމަށެވެ.
މިފަދަ އެއްވުން ތަކަކީ އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވުމާއެކު، އެ އެއްވުން އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށް އިލްތިމާސްކޮށް ފުލުހުން ނަސޭހަތްތެރިވި އެވެ. އަދި އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ބުންޏެވެ.
ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް އީގަލް ހިލްސްއާއި ހަވާލުކުރުމާއި ގުޅިގެން އިދިކޮޅުން ދަނީ އެއްވުންތައް ބާއްވައި އަޑު އުފުލަމުންނެވެ.








