-1791113559823.jpeg?w=3840&q=75)
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި އިތުރު 03 މީޑިއާއެއް ސޮއިކޮށްފިއެވެ.
އޮކްޓޯބަރ 3 ވަނަ ދުވަހު ސޮއިކުރި މީޑިއާތަކަކީ "ފިޔަ އޮންލައިން"، "މިއަދު"، އަދި "މުޅިރާއްޖެ" އެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ސޮއިކުރި ތިން މީޑިއާއާ އެކު މުޅި ޖުމްލަ 26 މީޑިއާ މިހާރު މި ކެންޕެއިނާ ވަނީ ގުޅިފައެވެ. ސޮއިކުރި މީޑިއާތަކާ އެކު ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު މުނާޒެވެ. އަދި މީޑިއާތަކުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ މީޑިއާތަކުގެ އިސްވެރީންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ކުރިއަށް ގެންދަވަން ނިންމަވާފައިވާ ޤައުމީ ކެމްޕެއިނެކެވެ.
މިއީ ދިވެހިންގެތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖްތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މަޤްސަދުގައި ސަރުކާރުން ފައްޓަވަން ނިންމެވި ކެމްޕެއިނެކެވެ.
މި ކެމްޕެއިން އެކުލަވާލުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި އަމިއްލަ އޮފީސްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ވަނީ ދަޢުވަތު އަރުވައި، އެ ފަރާތްތަކުގެ ބައިވެރިވުމަށް ހުޅުވާލައިފައެވެ. މި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށް ކެމްޕެއިން ވިލަރެސް ކޮމިޓީއިން މަޢުލޫމާތު ދެއްވައެވެ.
ސޮއިކުރާ މީޑިއާތަކުން މި ކެމްޕެއިންގެ މަޤްސަދު ޙާސިލްކުރުމަށް ޓަކައި އިހުތިރާމް ކުރުމުމުގެ މުހިންމުކަމާއި، އަދި ތާރީޚީ ގޮތުން ދިވެހީންގެ އަސްލުވަންތަކަމުގައި އިހުތިރާމްކުރުމުގެ ސިފަ ގުޅިފައިވާކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރާނެއެވެ.
-1791113559823.jpeg?w=3840&q=75)




-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)


