

.jpg?w=3840&q=75)






އޮކްޓޫބަރު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.28 ބިލިއަން ރުފިޔާ ކަމުގައި އެ އިދާރާ އިން ހާމަކޮށްފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 11.8% އިތުރު އަދަދެއް ކަމަށާއި އަދި މި އަދަދަކީ އޮކްޓޫބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9% އިތުރު އަދަދެއް ކަމަށެވެ.
އޮކްޓޫބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޫބަރު 2026 ގައި ލިބިފައިވާ އާމްދަނީ 11.8% އިތުރުވި މައިގަނޑު ސަބަބަކީ، އާންމުދާއިރާގެ ޖީ.އެސް.ޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށާއި މީގެ އިތުރުން، އެއަރޕޯޓް ޓެކުހާއި ފީ (އޭ.ޓީ.އެފް) އިތުރުވެފައިވުމަކީ ވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެއް ކަމަށް މީރާ އިން ބުނެއެވެ.
މީގެއިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ވެސް ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިތުރުވެފައިވާކަމަށް ވަނީ ބުނެފައެވެ.
އޮކްޓޫބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، އާންމުދާއިރާގެ ޖީ.އެސް.ޓީއާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އިތުރުވުމެވެ. ހަމަމިއާއެކު، މި މުއްދަތުގައި ލިބުނު އާމްދަނީގެ 19.6%ލިބިފައިވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް ވެސް ބުނެއެވެ.


.jpg?w=3840&q=75)

