.jpg?w=3840&q=75)
ދިރާގުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި ތައާރަފުކުރި 'ޕިޗް ފޯ ޕަރޕަސް' ޕްލެޓްފޯމްގެ ފުރަތަމަ އެޑިޝަން ކާމިޔާބުކުރި ޓީމްތައް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
'ޕިޗް ފޯ ޕަރޕަސް' އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކުރެވުނު މިފަދަ ފުރަތަމަ ސީ.އެސް.އާރް ޕްރޮގްރާމެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަނަށް ދިރާގުގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އެގޮތުން ޖުމްލަ 20 ޓީމަކުން ބައިވެރިވެ، 15 ޕްރޮޕޯޒަލެއް ވަނީ މި ޕްރޮގްރާމަށް ހުށަހަޅާފައެވެ. އަދި މި ޕްރޮގްރާމްގެ ފައިނަލް ޕިޗް އިވެންޓް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ޕްރޮގްރާމްތެރެއިން ހޮވިފައިވަނީ އެންމެ ފާހަގަކޮށްލެވޭ 3 ޕްރޮޖެކްޓެކެވެ.
ހޮވުނު ޕްރޮޖެކްޓްތަކަކީ:
މި ޕްރޮޖެކްޓްތައް ކާމިޔާބުކުރި ޓީމުތަކުން ކުރިއަށް އޮތް މަސްތަކުގައި އެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް ވަނީ ތައްޔާރުވެފައެވެ.
ކާމިޔާބުކަމާއެކު ބޭއްވުނު "ޕިޗް ފޯރ ޕާރޕަސް" ގެ ފުރަތަމަ އެޑިޝަނަކީ، މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއެކު އިޖުތިމާއީ ޒިންމާ އަދާކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ އެކި ދާއިރާތަކުގެ މުވައްޒަފުން އެކުވެ، އެމީހުން އެންމެ ލޯބިކުރާ ކަންކަމަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބި، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ދިރާގަކީ އަބަދުވެސް މުވައްޒަފުންގެ ބައިވެރިވުމާއި އެއްބައިވަންތަކަމަށް ބާރުއަޅާ ކުންފުންޏެކެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)






