








ގދ. ތިނަދޫގެ އާބާދީ އޮޅުވާލިކަމަށް ބުނާ މައްސަލައަށް އެ ސިޓީގެ މޭޔަރ ސައުދު ޢަލީ އިންކާރުކުރައްވައިފިއެވެ.
ދައުލަތުން، މޭޔަރ ސައުދުގެ މައްޗަށް ދައުޗވާ ކުރަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސައިގައެވެ.
އެ މައްސަލާގައި މިއަދު ވަނީ އަޑިއެހުމެއް ބާއްވާފައެވެ. މި އަޑުއެހުމުގައި ވަކީލުންނާއެކު ހާޒިރުވެ، ސައުދުގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންވެ، ދައުލަތުން ހެކީގެ ގޮތުގައި ކައުންސިލް ބައްދަލުވުންތަކުގެ ބައިވެރިވި ބައެއް މީހުންނާއި ރައީސް އޮފީހާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނާއި މައްސަލަ ތަހުގީގު ކުރި ފަރާތްތަކުގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ބައެއް ލިޔުންތައް ވަނީ ހުށަހަޅާފައެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. އަދި ދެން އޮންނާނީ ސައުދުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުން ކަމަށްވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ މޭޔަރުކަމުގެ ގޮނޑި ސައުދަށް ގެއްލޭނެއެވެ.




