
ލޯންޗެއްގައި އަލިފާން ރޯވެ، މީހަކު ފިހިއްޖެއެވެ.
ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގެ ފަޅު ތެރޭގައި އަޅާފައޮ އޮތް ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.
ލޯންޗުގައި އަލިފާން ރޯވީ ރޭ މެންދަމު3:00 ހާއިރު ކަމަށާއި ފުލުހުންނަށް ހާދިސާގެ ރިޕޯޓު ކުރީ ފަތިހު5:30 ހާއިރު ކަމަށް ބުނެއެވެ. އަދި ހާދިސާ ހިނގި އިރު ލޯންޗުގައި ހުރީ34 އަހަރުގެ ދިވެހި ކެޕްޓަން އެކަނި ކަމަށް ވެސް ވަނީ ބުނެފައެވެ.
އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ މެއާއި ކަރު ފިހިފައިވާ ކަމަށާއި ކެޕްޓަން މާލެ ގެނެސް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.












.jpg?w=3840&q=75)