



.jpg?w=3840&q=75)



.jpg?w=3840&q=75)
-
މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ސިޔާސީ ބޭފުޅަކު ހައްޔަރު ނުކުރާނެ ކަމަށާއި، އެއީ މިހާތަނަށްވެސް މި ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ހައްޔަރުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް ސަރުކާރުން އަދަބެއް ނުދޭނެ ކަމަށާއި އެއީ މި ޤައުމުގައި އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމަށެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ ސިޔާސީ ދަޢުވާ ކުރުމާއި ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނައުމުގެ ވަޢުދާއެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ޝާހިދުގެ މައްޗަށް ކުރެވިފައިވަނީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް މައްސަލައެއްގެ ތުހުމަތެވެ. އެހެންކަމުން ޝާހިދު ވިޔަސް، އަދި އެހެން މީހަކު ކަމުގައި ވިޔަސް ޤާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ތަފާތުކުރުމެއް އޮވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ މިކަމުގައި އޮފެންޑަރަކީ ކޮންމެ މީހަކަށް ވިޔަސް، އެމީހަކާ ދޭތެރޭގައި ޤާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ. ޤާނޫނު ތަންފީޒު ކުރުމުގައި އެކަން ކުރި ކަމަށް ބެލެވޭ މީހާއާ ދޭތެރޭގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމުގެ ފުރުޞަތު ދޭން ޖެހޭނެ ސަރުކާރުން. ޑިއު ޕްރޮސެސް ފޮލޯ ކުރަން ޖެހޭނެ. ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް ކުރަން ޖެހޭ ކަންކަމަށް މި ސަރުކާރުން ހުރަހެއް ނާޅާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޤާނޫނީ ވެރިކަމާއި ޤާނޫނުއަސާސީ ނެގެހެއްޓުމާއި ދެމެހެއްޓުމުގެ އިތުރުން އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަކީ ރާއްޖޭގައި ކަށަވަރުވެފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށެވެ.
އަދި ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާ މެދު ފިޔަވަޅު އެޅުމަކީ ދުވަހަކުވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަކަށް ވަނީ ބަންދުކޮށްފައެވެ.




.jpg?w=3840&q=75)
.jpg?w=3840&q=75)


