



.jpeg?w=3840&q=75)




ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލެ، ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޚަބަރު ހުސްވެފައިއޮތް މީހަކު އޮތްކަމުގެ މައުލޫމާތު 2026 ނޮވެންބަރު 09 ވަނަ ދުވަހުގެ ހެނދުނު 09:17 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




.jpeg?w=3840&q=75)



