



.jpg?w=3840&q=75)




-
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީ ދަތުރުވެރިން ފުރިހަމަކުރަންޖެހޭ "ޓްރެވަލަރ ޑިކްލަރޭޝަން ފޯމު" (އިމުގާ) ހުށަހެޅުމުގެ ނިޒާމަށް މިއަދުން ފެށިގެން މުހިންމު ބަދަލުތަކެއް ގެނެސް، އޯޓީޕީ (ވަން-ޓައިމް ޕާސްވޯޑް) ވެރިފިކޭޝަން ތަޢާރަފުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު އިޢުލާނެއްގައި ބުނީ، ރާއްޖެ އަންނަ ހުރިހާ ބިދޭސީ ދަތުރުވެރިންވެސް ފުރުމުގެ 96 ގަޑިއިރުގެ ކުރިން މި ޑިކްލަރޭޝަން ފޯމު ފުރިހަމަކުރަންޖެހޭ އުޞޫލު ކުރިއަށްދާނެ ކަމަށާއި ނަމަވެސް މިއަދުން (9 ނޮވެމްބަރު 2026) ފެށިގެން ގެނެވުނު އައު ބަދަލާއެކު، ފޯމު ފުރިހަމަކުރާއިރު ދޭ އީމެއިލް އެޑްރެހަށް އޯޓީޕީ ކޯޑެއް ފޮނުވޭނެ ކަމަށެވެ.
އަދި ފޯމު ކާމިޔާބުކަމާއެކު ހުށަހެޅޭނީ އެ އޯޓީޕީ ކޯޑު ޖަހައިގެން ކަމަށެވެ.
މި ބަދަލާއެކު، ފޯމު ފުރިހަމަކުރާއިރު ރަނގަޅު އަދި ބޭނުންކުރެވޭ އީމެއިލް އެޑްރެހެއް ދިނުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޅަކުދިންނާއި ތުއްތުކުދިންގެ ފަރާތުން ފޯމު ފުރާނަމަ، އެކުދިންގެ ބެލެނިވެރިންގެ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މި ގެނައި ބަދަލަކީ "އިމުގާ" ޕޯޓަލްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ސައްޙަ މަޢުލޫމާތު ކަށަވަރުކުރުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.




.jpg?w=3840&q=75)



